15 Jul 2021, 22:22
ރާއްޖެއިން މިއަދު އިތުރު 217 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އެ 217 މީހުން ޕޮޒިޓިވް ވެފައި ވަނީ 5،739 ސާމްޕަލްގެ ތެރެއިންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 31 މީހުންނާއި އަތޮޅުތަކުން 88 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ހަ މީހުންގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށަކުން ޕޮޒިޓިވްވި 92 މީހެކެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 75،622 އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 2،562 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 14 މީހުންނަށެވެ.
މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 72،833 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 215 މީހުން ވަނީ މަރުވެފަ އެވެ.