18 Feb 2012, 23:16
ކުށް ކުރާ މީހުންނާއި ކުށް ކުރަން ރާވާ މީހުންނާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އިން އެއްބަސްވެ ސޮއިކޮށްފި އެވެ.
މި އެއްބަސްވުމަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 162 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ކުށްކުރާ މީހުންނާއި ކުށްކުރަން ރާވާ މީހުންނާ ބެހޭ އިންޓެލިޖެންސް މަޢުލޫމާތު އެއްފަރާތުން އަނެއް ފަރާތަށް ޙިއްޞާކުރާނެ އުޞޫލަކާއެކު ވި އެއްބަސްވުމެކެވެ. އެއްބަސްވުމުގައި ދެ ފަރާތުން ސޮއި ކުރީ މި މަހުގެ 15 ބަނަ ދުވަހު އެވެ.
ފުލުހުން ބުނީ އަލަށް އެކުލަވައިލި އުސޫލަށްފަހު ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތީގެ މިންވަރާއި ރާއްޖޭގައި ދައުރުވަމުންދާ މަސްތުވާތަކެތީގެ މިންވަރު މަދުކޮށް މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމުގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މަސައްކަތް ކުރާނެ އިތުރު ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.