15 Jul 2021, 18:14
އުދަ އެރުމުގެ ސަބަބުން މާލޭގެ އިރުމަތީ ފަރާތު އާޓިފިޝަލް ބީޗު ސަރަހައްދުގައި ފެންބޮޑުވެއްޖެއެވެ.
އުދަ އެރުމުގެ ސަބަބުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ޑޮލަރު އޭޓީއެމް ހުންނަ ސަރަހައްދުން ފެށިގެން މަޖީދީ މަގު ޖަންކްޝަނާ ހަމަޔަށް ވަނީ ފެންބޮޑުވެފައެވެ.

ޖުލައި 15، 2021: މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދަށް އުދަ އަރައި ފެންބޮޑުވެފައި. -- ސަން ފޮޓޯ
ފެންބޮޑުވުމާ ގުޅިގެން ސިޓި ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ މިހާރު އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާކަމަށެވެ.
އަދި ކުރިޔަށް އޮތް ތަނުގައި އެގޮތަށް ފެންބޮޑުވުން ހުއްޓުވަން ކައުންސިލުން މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުލައި 15، 2021: މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދަށް އުދަ އަރައި ފެންބޮޑުވެފައި. -- ސަން ފޮޓޯ
އަދި އެކަމަށްޓަކައި ކުރަން ޖެހޭ ދިރާސާކޮށް އެ މަސައްކަތް ސިޓީ ކައުންސިލުގެ ކޮމިޓީތަކުގެ ތެރެއިން މަޝްވަރާކޮށް އެދެވޭ ހައްލެެއް ލިބިގެންދާނެކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.