Last Updated:
1 decade 4 year ago

އިންތިހާބެއްގެ ތާރީހަށް އެދި މިރޭ ވެސް އެމްޑީޕީން މުޒާހަރާގައި

    ބުލޮގު ޚުލާސާ
    އަވަސް އިންތިހާބަކަށް ގޮވަލަމުން މިރޭ ވެސް މާލޭގެ ލޮނު ޒިޔާރަތްކޮޅުގައި އެމްޑީޕީން މުޒާހަރާ ކުރަމުން އެބަދެ އެވެ. މިރޭ ވެސް މުޒާހަރާގެ ބައިވެރިން މިރޭ ވެސް ގޮވާލަމުން ގެންދަނީ އިންތިހާބެއްގެ މަޝްވަރާތަކަށް އެއް މޭޒުދޮށަށް އައުމަށާއި އިންތިހާބެއް ބޭއްވުމަށް އަވަސް ތާރީހެއް ދިނުމަށެވެ.
    01:02
    01:00
    00:51

    ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ފަހުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލާއި އަދި ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވީ ފުލުހުންނާއި ސިފައިނަށް ކިޔަމުން އައި ބަސްތައް ދެން ނުކިޔުމަަށާއީ ކުރިން ކިޔަމުން އައި "މަނީމަނީ ، ޔޭސް ސާ" ގެ ބަދަލުގައި ދެން " މަނީ މަނީ ނޯސާ" ކިޔަން ފެށުމަށް. އަދި ސިފައިންނާއި ފުލުހުންގެ ތެރެއިން އަދިވެސް އެފަދަ މީހުން އެމްޑީޕީގެ ތެރެއަށް އަންނާނެ ކަމަށް.
    00:50

    ފެބުރުއަރީ 7 ވަނަ ދުވަހު ސަރުކާރު ބަދަލުވުމަށްފަހު ސިފައިންގެއިން ވަކިވި ދެމީހަކާއި ފުލުހުންގެ ތެރެއިން ވަކިވި ދެމީހަކު އެމްޑީޕީގެ މުޒާހަރާގެ ސްޓޭޖްގައި ދައްކާލައފި. އަދި މުޒާހަރާގެ ބައިވެރިން ވަނީ އެ ހަތަރު މީހުންނަށް ސެލިއުޓް ނަގާފައި. އެމީހުން ތައާރަފުކޮށް ދިނީ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް. އޭގެ ތެރެއިން އެކަކީ ސްޓާފް ސާޖެންޓް ނިޔާޒް. އޭނައކީ މާސްޓާސް އޮފް ސައިންސް ހައްދަވާފައި ހުންނެވި ބޭފުޅެއް. ދެން ހުންނެވީ ޕޮލިސް ސާވިސްގެ ސާޖެންޓް އިމްރާން. އޭނާއަކީ ފައިނޭންސް ދާއިރާއިން މާސްޓާސް ހައްދަވާފައި ހުރި ބޭފުޅެއް. ދެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ލާންސް ކޯޕްރަލްއެއް. ދެން ސްޓާފް ސާޖެންޓް ޝަފްރާޒް.

    މި ހަތަރު މީހުން ތައާރަފުޔ ކުރުމަށްފަހު އަސްލަމް ވިދާޅުވީ ޔުނީފޯމް އަޅާ ކޮންމެ މީހަކީ އޮނަރަބަލް މީހަކަށް ވުން އެއީ އަޅުގަނޑުމެން އެދޭ ގޮތް ކަމަށާއި ފުލުހުންނާއި ސިފައިންނާއި ތެރޭގައި އެ ދުވަހު ވެސް މިއަދު ވެސް މި ގައުމު ދެކެ ލޯބިވާ މީހުން ތިބި ކަމަށާއި އެ ހަތަރު ބޭފުޅުންނަކީ ގައުމު ދެކެ ލޯބިވާ ހަތަރު ފިރިހެނުން ކަމަށް. އެ ހަތަރު މީހުން، އިސްތިއުފާ ދިނީ ޔުނީފޯމްގައި ހިނގި ކަންތައްތައް ގަބޫލު ނުކުރެވޭތީ ކަމަށް

    23:55މަޖިލިސް މެންބަރު ގައްދޫ ޒާހިރު:

    މަޖިލިސް މެންބަރު ގައްދޫ ޒާހިރު: މިހުރިހާ ކަމެއްވީރު ކޮބާ ސުޕްރީމް ކޯޓް، ކޮބައިތޯ ހިއުމަން ރައިޓްސް... އަޅުގަނޑު ވަރަށް ހައިރާންވި... ފުލުހުން ވަރުބަލިވެއްޖެއްޔޭ ބުނެ ރައްޔިތުންގެ ގައިގައި ތެޅޭނެތަ؟ މިއީ ދައްކަން ކުޅަދާނަ ވާހަކައެއް ނޫން. އަޅުގަނޑު ގޮވާލަނީ ޑރ. ވަހީދު މަގާމު ދޫކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސާ ހަވާލު ކުރާށޭ! ގާނޫނީ ހައްސިއްޔަތެއް ނެތޭ، ފައިބާ! އަޅުގަނދު ދެރަވަނީ އަޅުގަނޑުމެން ރައްޔިތުން ގޮވާ އަޑު އޭނާއަށް ނީވޭކަން... ޑރ. ވަހީދަށް ފެންނަން ޖެހޭނެ މިތާނގައި ކުރާ ކަންކަން. ގޮވާ ގޮވެލި، [ގިނަ ވާހަކަތައް ވިދާޅުވީ ހުތުރު ބަހުން] މިކަމަކީ ރައީސް ނަޝީދުގެ މަސައްކަތާްއެކު 2013 އަށް ވާސިލުވާއިރު ފުލުހުންނާއި ސިފައިންނަށް ރިޝްވަތު ދީގެން ކުރި ކަމެއް. މިހާރުން މިހާރު މިހާރަށް އަދުލު އިންސާފު ގާއިމު ކުރާ ފަރާތްތަކަށް މި ގޮވާލަނީ މި މައްސަލަ ތަހުގީގުކޮށް ފުލުހުންނާއި ސިފައިން ހައްޔަރުކޮށް އެމްޑީޕީގެ މެންބަރުން ދޫކޮށްލުމަށް. އެމްޑީޕީގެ މެންބަރުން ހައްޔަރު ކުރުމުގެ ހައްގެއް ނެތޭ!
    23:47މަޖިލިސް މެންބަރު ގައްދޫ ޒާހިރު

    މަޖިލިސް މެންބަރު ގައްދޫ ޒާހިރު: ވިސްނާ ވިސްނާވެސް ނޭނގުނޫ ޑރ. ވަހިދު ހުވާ ކުރި ގޮތެއް! ވިސްނާލި އިރު މިވަނީ ބަގާވަތެއްގެ ތެރެއިން ވެރިކަން ފޭރިގަނެ ވަގަށް ކުރި ހުވައެއް. އެހެންވީމަ އަޅުގަނޑު ކިޔާނީ ... ވަހީދޭ! ރައްޔިތުން ވޯޓް ދިނީ އެމްޑީޕީއަށް. އެމްޑީޕީގެ ސަރުކާރު ވަގަށް ނެގީމާ ނައިބު ރައީސެއް ނުހުންނާނެ. ބަންޑާރަ ނައިބަކަށް އެހުރި އާޒިމާއަކަށް އަޅުގަނޑަށް ނޭނގުނު އެއްޗެއް ގާނޫނު އަސާސީއަކުން ނޭނގޭނެ... އިންތިހާބަކަށް އެދޭކަށް ނުޖެހޭ. އިންތިހާބެއް ދޭންޖެހޭ ލަހެއް ނުވެ އިންތިހާބުގެ ތާރީހު ލިބޭނެ. ފައިސާވެރިންގެ ބަޔަކު ރިޝްވަތު ދީގެން ސަލާމަތީ ބާރުތަކަށް ރިޝްވަތު ދީގެން ވަރިކަން ފޭރިގަތީ. މީކަމުގައި ޑރ. ވަހީދާއި ގާސިމް އިބްރާހިމް ބައިވެރިވޭ. އެސްޓީއޯގެ ތެލުން މީނާ މުއްސަނދިވީމާ ރައްޔިތުންނަށް ހަރާން ކޯރުވީ. އޭނާއަކަށް މާފެއް ނުކުރާނަން.
    23:39ޑރ. މަރިޔަމް ޒުލްފާ

    ޑރ. މަރިޔަމް ޒުލްފާ: 7 ފެބްރުއަރީ ގައި ތިބީ ރައީސް އޮފީހުގައި. އަޅުގަނޑުމެން ރައީސް އޮފީހަށް ވެސް ވެރިވީ އެ ދުވަހު ބިރުވެރިކަން. ސިފައިން ވަނީ ގުޑާ ނުލެވޭވަރަށް ރައީސް ވަށައިގެން ސިފައިންނާއި ފުލުހުން ތިބި. ރައީސް އޮފީހުގައި ދުވަހަކު ވެސް ނުދެކޭ ކޮޓަރިއެއްގައި ކެބިނެޓާ ރައީސް ބައްދަލު ކުރެއްވި. އެ ދުވަހު އަޅުގަނޑު ދެންނެވިން މި ގުންޑާއިންނަށް ދޫކުރައްވާނެ ކަމެއް ނެތޭ. ރައީސް ވިދާޅުވީ ގަދަބާރުން ވެރިކަން ކުރައްވާކަށް ބޭނުން ފުޅެއް ނޫނޭ. އެ ދުވަހު އަޅުގަނޑު ދުށިން މިހާރުގެ ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ރައީސް އޮފީހުން. އެ މީހުންނަށް ކިހިނެއްތޯ ރައީސް އޮފީހަށް ވަދެވުނީ. އެ ދުވަހު ވަހީދު ރައީސް އޮފީހަކުން ނުފެނޭ. ވަހީދަކަށް ރައީސް ނަޝީދު ކުރައްވާ ގޮތަކަށް ވެރި ކަމެއް ނުކުރެއްވޭނެ. ކެބިނެޓެއް ވެސް ނުބޭއްވޭނެ. އަދި ވަހީދު ކެބިނެޓްގައި އިންނަވަނީ ކުޑަކުއްޖަކު މެޓައަކަށް ބަލާހެން ރައީސް ނަޝީދާ ދިމާއަށް ބައްލަވަން. ރައީ ވަހީދަކީ ހަރާންކޯރު ބާޣީއެއް! ކެބިނެޓް ގައި ވިދާޅުވި ތިމަންނާ އިސްތިއުފާއެއް ވެސް ނުދޭނަމޯ! ކެބިނެޓްގެ ވަޒީރުން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވާ. މަޖިލީހުގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ދެއްކި ވާހަކަތައް ދައްކާކަށް ނެތީމޭ. އަޅުގަނޑު މިދަންވަނީ ފާބައި ވަޑައިގަންނަވާށޭ!
    23:27ޑރ. މަރިޔަމް ޒުލްފާ:

    ޑރ. މަރިޔަމް ޒުލްފާ: އެއްވެސް ޕްރޮޖްކެޓެއް ނޯންނާނެ ފައިދާ ނުކުރާނެ ޕްރޮޖެކްޓެއް. އެމީހުން އެއުޅެނީ އަޅުގަނޑުމެން ކޮށްފައިވާ މަސައްކަތް އެފުށް މިފުށަށް ޖަހާލާން. ޑރ. ވަހީދަށް ރައީސް ނަޝީދާ ފައި ހަމައެއް ނުކުރެވޭނެ. އަޅުގަނޑަށް ވަނީ އޭނާގެ މަސައްކަތް ތަޖުރިބާ ކުރެވިފައި. އޭނާއަކީ މަސައްކަތް ކުރަން ދަންނަ ބޭފުޅެއް ނޫން. މަގު ޗާޓޭ ކިޔާފައިވާ ވަނީ ހަޑިއެއް. ސަރުކާރުގެ ފަށައިވާ ކަންކަން ރޯޑްމެޕްގައި ލިޔެފައި ވަނީ. އަޅުގަނޑުމެންގެ އަމިއްލަ މަގުޗާޓް އެބައޮތް އަޅުގަނޑުމެން ބޭނުން ވަނީ އަވަސް އިންތިހާބަކަށް
    23:25ޑރ. މަރިޔަމް ޒުލްފާ:

    ޑރ. މަރިޔަމް ޒުލްފާ: ބޭރުން މީހުން މީހުން ގުޅާފައި އަޅުގަނޑުގާތުގައި ބުނޭ ރައީސް ނަޝީދަށް ތާއީދު އޮތް ކަމަށް، އަދި ކޮށްދޭނެ ކަމަށް. އަޅުގަނޑުމެން އޮންނާނީ އިންވެސްޓްމެންޓް ކޮންފިޑެންސް ހޯދާދީފައި. އަޅުގަނޑުމެން ދޮރުގައި ދިޔައީ އިންވެސްޓަރުން ދިޔައީ ޓަކި ޖަހަމުން.
    23:24

    މިހާރު ވާހަކަ ދައްކަވަނީ ރައީސް ނަޝީދު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ.
    22:20

    ދިވެހި މަސައްކަތްތެރިން މަދަނީ ބަސް ނޭހުމަކަށް ދިއުމަށް އަހުމަދު އީސާ ވަނީ ގޮވާލައްވާފައި. މިނިވަން ކަމަށްޓަކައި ގާނޫނު އަސާސީގެ ދިފާއުގައި ބަޑީގެ ކުރިމައްޗަށް ނުކުތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި.
    22:17

    ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އަދިވެސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ފެބުރުއަރީ 7 ވަނަ ދުވަހުގެ ހާދިސާގެ މައްޗަށް ތަފުސީލުކޮށް ވާހަކަ ދައްކަވާފައި.
    22:00

    މިރޭގެ މުޒާހަރާއާ ރައީސް ނަޝީދު ވަނީ ދާދިދެންމެއަކު ގުޅިވަޑައިގެންފައި
    21:48

    މުޒާހަރާގެ މައިދާނުގައި ކުޅިވަރުތަކާއި ކެއްކުމާއި ކެއުމާއި އެހެނިހެން ވެސް ހަރަކާތްތައް މިރޭ ވަނީ ހަމަޖައްސާފަ އެވެ. އެހެން ރޭރޭ ފަދައިން އެ ސަރަހައްދުގައި ހުރި ސްޓޭޖުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ކައުންސިލަރުންނާއި ބައެއް ލީޑަރުން ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.