14 Jul 2021, 23:53
ކޮވިޑަށް ފަރުވާހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ނިޔާވެފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިރޭ 07:58 ހާއިރު ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިވެހި ފިރިހެނެކެވެ.
މިއާއެކު ރާއްޖެެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 215 އަށް އަރާފައެވެ.
https://twitter.com/HPA_MV/status/1415369853230141441
ކޮވިޑްގައި އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.
އެއީ ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދިޔަ މީހެކެވެ. އެއީ އެ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވި ފުރަތަމަ މީހާއެވެ.