ޓްރީޓޮޕް ހޮސްޕިޓަލުން އެ ހޮސްޕިޓަލުގައި ޓްރެބެކިޔުލެކްޓަމީ ސާޖަރީ ހަދައިދޭން ފަށައިފިއެވެ.

ޓްރީ ހޮސްޕިޓަލުން ބުނީ މި ސާޖަރީ އަކީ ލޮލުގެ އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން މިހާރު އެ ހޮސްޕިޓަލުން ޓްރެބިކިޔުލެކްޓަމީ ސާޖަރީގެ އިތުރުން ޓްރެބިކިޔުލެކްޓަމީ އާއެކު ކެޓަރެކްޓް ސާޖަރީ ވެސް ހިމެނޭގޮތަށް ލޮލުގެ ދެ ޕްރޮސީޖާ އެއްކޮށް ހަދައިދެވޭނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ޓްރެބެކިޔުލެކްޓަމީ އަކީ ލޮލުގެ ގްލައިކޯމާގެ ސަބަބުން ދިމާވާ އެކި އެކި ކަންކަމުން ދުރުކޮށްދިނުމަށް ކުރާ އޮޕަރޭޝަނެކެވެ. އެ ގޮތުން މި އޮޕަރޭޝަނުގައި ލޮލުގެ އެތެރޭ އުފެދޭ އިތުރު ފެން ފަސޭހައިން ލޮލުން ނަގައިދެއެވެ. އަދި ލޮލުގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދީ ހިފަހައްޓައެވެ. ހަމައެއާއެކު ބަލީގެ ސަބަބުން ގެއްލޭ ލޮލުގެ ފެނުން ގެއްލުމުންވެސް ސަލާމަތްކޮށްދެއެވެ.

ކެޓަރެކްޓް ސާޖަރީ އަކީ ލޮލުގައި އުފެދޭ ކެޓަރެކްޓް ނުވަތަ ފެނުމަށް ދަތިވާގޮތަށް ހުންނަ ފުސްތަންކޮޅު ނެގުމަށް ލޮލުގެ ލެންސް ފަށަލަ ނަގައި ލެންސް ރަނގަޅުކޮށް ބަދަލުކުރުމެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުން މި ބަލީގެ އޮޕަރޭޝަން ކުރާނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކުގެ އެހީގައިކަމަށެވެ. އަދި އޮޕަރޭޝަންކުރުމުގައި ހަރަކާތްތެރިވާނީ އެންމެ ތަޖުރިބާކާރު ކަމަށް ގާބިލް ޑޮކްޓަރުންގެ ޓީމެއް ކަމަށެވެ.

އިތުރު މައުލޫމާތު އެހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅުއްވުމަށް ނުވަތަ[email protected]އަށް މެއިލް ކުރުމުން ލިބޭނެއެވެ.