މާލޭ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގެ ދަށުން މާފަންނު ފުލޫނިއާ މަގުގައި ފާހާނާ ހޮޅި ވަޅުލަން ފަށައިފި އެވެ.

ފުލޫނިޔާމަގުގެ ބްލޮކް4ގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ހޮޅިތައް ވަޅުލުމުގެ މަސައްކަތަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެ އެވެ.

އެހެން ނަމަވެސް، ހޮޅިތަކާއި ނަރުތައް ވަކި ނިޒާމެއްގެ ތެރެއަށް ފައްތާ އަދި އިތުރަށް ހަލާކުނުވާނެ ގޮތަކަށް ގާއިމުކުރަމުން ދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއީ މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އާރްޑީސީއިން ހަދަމުން ދާ މަގެކެވެ.

މާލެ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގައި މައިގަނޑު ގޮތެއްގައި ހައްލުކުރަން އަމާޒުކޮށްފައިވާ މައްސަލަތަކަކީ:

  • އަންޑަގްރައުންޑް ޔުޓިލިޓީ ލައިންސް

  • ފެންބޮޑުވުން
  • ޑީވޯޓަރިން
  • އަލިފާން ނިއްވުން
  • ސްޓްރީޓްސްކޭޕިން
  • އާންމު ދަތުރުފަތުރު
  • ޕާކިން

މި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް ކުރިން ވަނީ ލަފާކޮށްފަ އެވެ. މި މަޝްރޫއުގެ އަގަކީ 462 މިލިއަން ރުފިޔާ އެވެ.