ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮފީސް ފަޅާލައިފިއެވެ.

ފުލުހުން ބުނީ އެސްޑީއެފްސީ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައެެއް މިއަދު 8:56 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ވައްކަމުގެ ސަބަބުން ލިބުނު ގެެއްލުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.