ރާއްޖެއިން މިއަދު އިތުރު 170 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 19 މީހުންނާއި އަތޮޅުތަކުން 78 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުންކަމަށެވެ. ހަމައެއާއެކު ސަފާރީއަކުން އެކަކާއި ހަދަމުން އަންނަ ރިސޯޓްތަކުން 60 މީހުންގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށުން ފަސް މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ހަދަމުންދާ ރިސޯޓަކުން ޕޮޒިޓިވްވީ ކ. ރަށްފަޅުހުރާ އިންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 75،332 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،537 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 17 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 72،569 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ވަނީ މަރުވެފަ އެވެ. މާލެއިން ފެންނަ ކޭސްތަކުގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް އަތޮޅޮތަކުން ކޭސްތައް ފެންނަ މިންވަރު އަދިވެސް އަންނަނީ އިތުރުވަމުންނެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 319،378 މީހުން ވަނީ ޖަހާފައެވެ.

އަދި ރާއްޖެއިން ކޮވިޑް-19 ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 242،370 މީހުންނެވެ.