13 Jul 2021, 11:42
ލ. ގަމާއި ފޮނަދޫގެ މޮނިޓަރިން ހާލަތު ދެ މަސް ދުވަހަށްފަހު އުވާލައިފިއެވެ.
ގަމާއި ފޮނަދޫ މޮނިޓަރިން ހާލަތުގައި އޮންނަތާ 80 ދުވަސް ވަނީ ފާއިތުވެފައެވެ. ލ. އަތޮޅުގެ އާބާދީ އެންމެ ބޮޑު ދެ ރަށް މޮނިޓަރިން އަށް ލީ މިދިޔަ އެޕްރިލް މަހުގެތެރޭ އެ ދެ ރަށާއި ގުޅިފައިވާ ސިނާއީ ރަށް މާންދޫއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އޭގެ ފަހުން ގިނަ އަަދަދެއްގެ ބަޔަކު މި ދެ ރަށުންވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
މިހާރު ގަމާއި ފޮނަދޫގެ ހާލަތު ރަނގަޅުވެފައިވާއިރު އިއްޔެ ގަމުން ފެނިފައިވަނީ ކޮވިޑުގެ އެންމެ ކޭސްއެކެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓެކެވެ.
ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޖުލައި ހަޔަކާ ހަމަޔަށް ގަމާއި ފޮނަދޫގައި ކޮވިޑަށް ޕޮޒިޓިވް އެކްޓިވް ކޭސްގެ ގޮތުގައި ހުރީ 31 ކޭސްއެވެ.
ގަން، މާންދޫ އަދި ފޮނަދޫ ހިމެނޭ ގޮތަށް މިދިޔަ ދެ މަސްދުވަސް ތެރޭ ވަނީ ޖުމްލަ 726 ކޮވިޑް ކޭސް ފެނިފައެވެ.