14 Jul 2021, 13:40
އެމްޑީޕީން އަޑަށް ބާރުލާފައި ވަކާލާތު ކުރަމުން އަންނަ އިންސާފަކީ މިއަދު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ހިތި ބޭހަކަށް ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
"ސަން" އާ ވަހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ޓެރެރިސްޓް ހަމަލާއަށް ކުރިއެރުމާ އިންސާފު އަދިވެސް ނުލިބޭ ކަމަށެވެ. ރައީސް ނަޝީދުވެސް އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާ އެބަ ވިދާޅުވޭ ތިމަންނަ އަކަށް މިހާރު ޔަގީން ކަމެއް ނެތޭ އެނބުރި އަންނައިރު ސަލާމަތް ވާނެ ކަމެއް. މަރާނުލާނެ ކަމެއްވެސް. އެހެން ވީމަ ނަޝީދަށް އިންސާފު ނުލިބި ލަސްވެ އަދި ނަޝީދު ބޭނުންފުޅުވި ކަހަލަ ފިޔަވަޅެއް ވެސް މި ސަރުކާރުން ނޭޅީމަ މިހާރު ނަޝީދަށް އެނގިވަޑައިގެންފި އަސްލު މިތަނުގަ ސަލާމަތެއް ނެތްކަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް އުމަރު ވިދަޅުވީ ޓެރެރިޒަމްގެ ބިރުވެރި ކަމާއި ނުރައްކަލުން ގައުމު ސަލާމަތް ކުރުމުގައި މި ސަކާރު ނުކުޅެދިއްޖެ ކަމުގައި ރައީސް ނަޝީދު މިހާރު ގަބޫލުފުޅު ކުރައް ކަމަށެވެ.
އެހެންކަމުން ނަޝީދު ބޭފުންފުޅުވަނީ ޓެރެރިޒަމާ ދެކޮޅަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެވޭނެ ހަރުދަނާ ޓީމަކާ ގުޅިވަޑައިގަތުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމުގަ ނަޝީދަށް ގަބޫލު ކުރެވެނީ އެންމެ ރަނގަޅު ޕާޓީ އަކީ އަޅުގަނޑުމެންކަން. އެއީ ރައީސް ޔާމީން ގެންގުޅުއްވި ޓެރެރިޒަމާ ގުޅުންހުރި ސިޔާސަތުތައް ހުރިގޮތް ނަޝީދަށް ވެސް މިހާރު ކަމުދަނީ. ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާ ހަގީގަތުގަ އެންމެ ހަރުދަނާ ވެރިކަމެއް ކުރުމުގެ ގާބިލްކަން މިހުރީ ޔާމީންގެ ކަން. އެހެންވީމަ ނަޝީދު އެ އުޅުއްވަނީ ޓެރެރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރާ ގޮތަށް ކަމަށް ބޮޑަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް "ސަން"އަށް ވިދާޅުވީ ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި ސިޔާސީ ބޭނުމަށް ވުރެ އިސް ކުރަން ޖެހެނީ ދިރިހުރުމުގެ ހައްގު ކަމަށެވެ.