12 Jul 2021, 15:09
ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ ބަނދަރު ފުންކުރުުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓު އެމްޓީސީސީ އަށް ހަވާުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ.
މިމަޝްރޫއުގެ ދަށުން 284 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި، 95 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 178 މީޓަރުގެ ރިވެޓްމެންޓް ޖެހުން ފަދަ ކަންތައް ހިމެނެއެވެ.
މި މަޝްރޫއަށް 51.7 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.