12 Jul 2021, 12:30
ކައުންސިލްތަކަށް އިންޓަރނެޓް ބޭންކިންގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރު އިބްރާހީމް އަމީރު ސޮއިކުރައްވައި އާންމުކުރެެއްވި ސާކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުގެ ފައިސާއާއި ގުޅުންހުރި މަސައްކަތްތައް ހަރުދަނާ ކުރުމަކީ ފިނޭންސް މިނިސްޓްރީން ކުރަމުންދާ މުހިnqމު މަސައްކަތެއް ކަމަށެެވެ.
އެގޮތުން "އޮންލައިން ބޭންކިން"ގެ ހިދުމަތަކީ ކައުންސިލްތަކުގެ މަސައްކަތަށް އިތުރު ހަރުދަނާކަމެއް ގެނެވޭނެ ކަމެއް ކަމުގައި
ފެންނާތީ، ކައުންސިލްތަކަށް އެ ހިދުމަތް ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މާލިއްޔަތުގެ ގަވާއިދުގެ ދަށުން "ކައުންސިލްތަކުން އޮންލައިން ބޭންކިންގެ ހިދުމަތް ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު" ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ގެޒެޓުކޮށްފައެވެ.
އެހެންކަމުން، އެ ހިދުމަތަ ހޯދުމަށް ބޭނުންވާ ކައުންސިލްތަކުން، އެ އުސޫލާއި އެއްގޮތަށް، އެކަމަށް ހާއްސަކޮށްފައިވާ ފޯމު، "މޯލްޑިވްސް އިންޓަނެޓް ބޭންކިން ހިދުމަތަށް އެދޭ ފޯމު" މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް އަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.
އިންޓަނެޓް ބޭންކިން އަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:
މޯލްޑިވްސް އިންޓަނެޓް ބޭންކިންއަށް އެދޭ ފޯމު
- މޯލްޑިވްސް އިންޓަނެޓް ބޭންކިން ނޮމިނީ ފޯމު
- ކައުންސިލްގެ ނިންމުން (އެއްކަރުދާސް ކޮށްފައިވާ ފޯމެޓަށް)
- ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތަށް އެދޭ އެހެނިހެން ލިޔުންތައް