ރާއްޖެއިން މިއަދު އިތުރު 78 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 28 މީހުންނާއި އަތޮޅުތަކުން 34 މީހުންނާއި ރިސޯޓުތަކުން 16 މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 75،071 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،496 މީހުންގެ ތެރެއިން 18 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު ބަލިން ރަނގަޅުވީ 231 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 72،349 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ވަނީ މަރުވެފަ އެވެ.