11 Jul 2021, 17:48
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އިއްޔެ މާބަނޑު މީހަކު ވިއްސުމުގެ ތެރޭގައި ބަނޑުގައި އޮތް ދަރިފުޅުގެ ބޯ ވަކިވިކަމަށާއި ހޮސްޕިޓަލަށް ގެނައި އިރުވެސް އެ ކުއްޖާ ވަނީ މަންމަގެ ބަނޑަށް މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ވަނީ ވިއްސުމުގެ ތެރޭގައި ދަރިފުޅުގެ ބޯ ވަކިވެފައިވަނީ މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުން ކަމަށެވެ.
މި ވާހަކަ ސޯޝަލް މީޑިއާގައި ނުދެއްކުމަށް މަރުވި ކުއްޖާގެ އާއިލާގެ ފަރާތުން އެދޭ ކަމަށްވެސް އެ ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ.
އެ ޚަބަރު ބައެއް މީޑިއާތަކުގައި ގެނެސްދިން އިރު، ކަމުގެ ހަގީގަތް އޮޅޭގޮތަށް ރިޕޯޓްކޮށްފައިވާތީ އައިޖީއެމްއެޗުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.