18 Feb 2012, 11:25
ޕްރޮމޯޝަނެއްގެ ދަށުން ދެ ހަފްތާއަށް އިންޓަނޭޝަނަލް ކޯލުތަކުގެ އަގު ދިރާގުން ހެޔޮކޮށްފި އެވެ.
މުއާސަލާތީ ކުންފުނި ދިރާގުން ބުނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގެ ދަށުން އިންޑިއާ އާއި ބަންގުލަދޭޝް އަށް މިނެޓަކު 99ލ. އަށް ގުޅޭނެ ކަމަށެވެ. އަދި ލަންކާ އަށް 1.9ރ. އަށް ގުޅޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް އިބްރާހިމް އިމްޖާދް ޖަލީލު މިއަދު ވިދާޅުވީ އެ ކުންފުނީގެ އެފަދަ ޕްރޮމޯޝަންތަކަކީ ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކެއް ކަމަށާއި މިފަހަރުގެ ޕްރޮމޯޝަނަކީ ވަކި މުނާސަބަތަކާއި ގުޅުވާފައިވާ ޕްރޮމޯޝަނެއް ނޫން ކަމަށެވެ.
"އަހަރުގެ ކުރީކޮޅުގައި އަޅުގަނޑުމެން މިފެށި ޕްރޮމޯޝަނަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދޭ އާއަހަރުގެ ހަދިޔާއެއް،" އިމްޖާދު ވިދާޅުވިއެވެ.