11 Jul 2021, 11:04
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލޭގައި ކުރިޔަށް ގެންދާ އާބަން ފާމިންގް ޕްރޮޖެކްޓުގެ 98 ޕަސެންޓު ނިމިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ބުނީ މިހާރު ކުރިޔަށްދަނީ އާބަން ފާމިންގ ޕްރޮޖެކްޓަށް ތައްޔާރުކުރާ ފެސިލިޓީގެ ފިނިޝިންގގެ މަސައްކަތް ކަމަށެވެ. އަދި ވަޔަރ ޓެސްޓިންގެ މަސައްކަތްވެސް މިވަގުތު ކުރިޔަށް ދާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެ ކޯޕަރޭޝަނުން ބުނީ މި މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ބެލެވޭކަމަށެވެ.
ކޮމިއުނިޓީ އާބަން ފާމިންގްގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރިކުރުވުމާއި، މުޖުތަމައުގައި ދިރިއުޅޭ ވަލްނަރަބަލް ފަރާތްތަކާއި އަދި ކޮވިޑްގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދެމެހެެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބުމުގެ މަގްސަދު ތަނަވަސްކޮށްދިނުމެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ނެއިބަރހޫޑް3ގެ ހުސް ޖާގައިގެ ގޮތުގައި ކަނޑައެޅިފައިވާ ދެވަނަ ލޮޓްގައެވެ. އެގޮތުން މިކަމަށް ޖުމްލަ 19,871.26 އަކަފޫޓުގެ ބިމެއް ކަނޑައެޅިފައި ވާއިރު، މި ސަރަހައްދު ބެހިގެންވަނީ 16 ޕްލޮޓަށެވެ.