ރާއްޖޭގައި ކޮވިޑު19 ބަލީގައި 59 އަހަރުގެ އަންހެނެއް މަރުވެއްޖެއެވެ.

މި މީހާ މަރުވެފައިވަނީ ރޭ ދަންވަރު 03:05 ހާއިރުކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މީހާއަކީ ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދިޔަ މީހެކެވެ. މިއީ އެ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވި ފުރަތަމަ މީހާއެވެ.

މި މަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 214 އަށް މައްޗަށް އަރާފައެވެ.

ފާއިތުވެ ޖުލައި މަހު މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެ ގިނަ ބަޔަކަށް ބަލި ޖެހިފައިވާއިރު އެ މަހު އެކަނި ވެސް ކޮވިޑުގައި 60 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.