10 Jul 2021, 23:22
މިރޭ މާލޭގައި ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މާލެ ގަލޮޅު ފަށާނަކިލޭގެ މަގު، ގޯޅިގަނޑެެއްގެ ތެރޭގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމުވެފައިވާ މައްސަލަ މިރޭ 21:50 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުންދާ ކަމަށާއި، ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާރާމާރީ ހިނގުމަށް ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް ޒަހަމުވީ މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ނޯޓު: ކުރިން ހަބަރުގައި ވަޅިން ހަމަލާދިން ކަމަށް ލިޔެފައި ވަނީ މަންޒަރުދުށް މީހަކާ ހަވާލާދީ އެވެ.