މިއަދު މުޅި ރާއްޖެއިން ޖުމްލަ 90 މީހުން ކޮވިޑް 19 އަށް ޕިޒިޓިވް ވެެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 7012 ސާމްޕަލް ނަގާފައި ވާއިރު، މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 23 މީހުންނެވެ. އަދި އަތޮޅު ތެރެއިން 58 މީހުން ޕޮޒިޓިވް ވެފައި ވާއިރު ރިސޯޓުތަކުން ހަ މީހަކު ވަނީ ޕޮޒިޓިވެ ވެފައެވެ.

އޭގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްތަކުންވެސް މިއަދު ވަނީ ތިން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 74،993 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،650 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 21 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 72،118 އެވެ. ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް 213 މީހުން ވަނީ މަރުވެފަ އެވެ.