10 Jul 2021, 14:54
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެ އެވެ.
ވަޒަންތައް ފެނިފައި ވަނީ ނަމީބިޔާއަށް ނިސްބަތްވާ، އުމުރުން 60 އަހަރުގެ ފިރިހެނެއްގެ ދަބަހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައި ވަނީ، އެ މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:52 ހާއިރު ކަމަށެވެ.
"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
އެ ވަޒަންތައް ފަތުރުވެރިޔާއަށް ލިބުނީ ކިހިނެތްތޯ އަދި އެއީ އެ ފަތުރުވެރިޔާ ރާއްޖެއަށް އެތެރެ ކުރި ވަޒަންތަކެއްތޯ ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އެ މައްސަލައާ ގުޅިގެން އެ ފަތުރުވެރިޔާއާ މިހާރު ސުވާލުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.