10 Jul 2021, 10:08
ބޮލީވުޑްގައި މިވަގުތު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ އެއް ބަތަލާ އާލިއާ ބަޓް ހޮލީވުޑް އެޖެންސީއަކާއެކު ސޮއިކޮށްފިއެވެ.
އުމުރުން 28 އަހަރުގެ ބަތަލާ ސޮއިކުރީ ވިލިއަމް މޮރިސަން އެންޑީވާ އެންޓަޓައިންމަންޓް (ޑަބްލިއުއެމްއީ) އާއެވެ. މަޝްހޫރު މި އެޖެންސީ އަކީ ހޮލީވުޑްގައި ފާހަގަކޮށްލެވޭ ނަން މަޝްހޫރު އެކްޓަރުން ކަމަށްވާ އެމާ ސްޓޯން، ބެން އެފްލެކް އަދި އޯޕްރާ ރެޕްރެޒެންޓޭޓް ކުރާ އެޖެއްސީއެކެވެ.
ބަތަލާ އާލިއާ އޭނާގެ ހުވަފެންތައް ހަގީގަތަކާ ހަމައަށް ދިޔުމަށް ކުރިއަށް އެއް ފިޔަވަޅު އެޅިއިރު ބޮލީވުޑްގެ ގިނަ ތަރިންނެއް މިހާރު ވަނީ ހޮލީވުޑްގެ ބައެއް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކޮށްފައެވެ. އާލިއާގެ އިތުރުން ހޮލީވުޑްގެ އެހެނިހެން އެޖެންސީތަަކަށް ސޮއިކޮށްފައިވާ ބައެއް ތަރިންނަކީ ރިތިކް ރޯޝަން، ވިދުޔުތް ޖަމްވާލް، ޓައިގާ ޝްރޮފް އަދި ސޯނަމް ކަޕޫރެވެ.
ގިނަ ފިލްމުތަކެއް މިވަގުތު އަތުގައި ހުރި އާލިއާ މިހާރު އަންނަނީ ފިލްމު "ޑާލިންސް"ގެ މަސައްކަތްކުރަމުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގަންގޫބާއީ ކަތިއަވާޅީ"، "އާރްއާރްއާރް"، "ބުރައްމަސްތުރާ" އަދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ހިމެނެ އެވެ.