13 Jul 2010, 14:41
19:00
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ގއ. ވިލިގިލި ވައިޖެހޭގޭ، ޔަޒީދު މުހައްމަދު، ޑެޕިއުޓީ ކޮމިޝަނަރގެ މަގާމަށް ދަފްތަރު ހަސަން ޒަރީރުގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި ދެ މަގާމަށާއި، އެ އޮތޯރިޓީގެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން، އެ އޮތޯރިޓީގެ ބޯޑަށް ހަމަޖެއްސެވުމަށް ފާސްކުރައްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި ހިމެނެނީ، ހ. ނޫކުރިކީލަގެ އައްބާސް ރިޒާ އާއި، ގދ. ތިނަދޫ ކުދިމާގެ ހަސަން ވަހީދާއި، މ. މާމުލި އަހްމަދު މުހައްމަދުގެ އިތުރުން، ހ. ރީގަލްގެ އައިޝަތު ލުއުލުއާއި، އއ.އުކުޅަސް ފިފްޓީ ފްލާވަރު ހުސެއިން ސިރާޖު އެވެ.