09 Jul 2021, 14:45
ކްލެމެންސީ ބޯޑުން މިއަހަރުގެ ޖޫންގެ ނިޔަލަށް ގިނަ އަދަދަކަށް މައްސަލަތައް ނިންމަވައިފިއެވެ.
ކްލެމެންސީ ބޯޑުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖޫންގެ ނިޔަލަށް 429 މައްސަލަ ބޯޑުން ވަނީ ނިންމާފައެވެ.
ތަފާސް ހިސާބު ތަކުން ދަކާގޮތުން ނަމަ މިއީ ފާއިތުވީ 11 އަހަރުގެ ތެރޭގައި އެ ބޯޑުން އެންމެ ގިނަ މައްސަތައް ނިންމި ފަހަރެވެ.
ރިޕޯޓުން އެނގޭ ގޮތުގައި ވޭތުވެދިޔަ 11 އަހަރު އެވްރެޖުކޮށް ބޯޑުން ނިންމި މައްސަލަތަކާ ބަލާއިރު މިއީ 250 ޕަސެންޓް އިތުރުވުމެކެވެ.
ކްލެމެންސީ ބޯޑަކީ މައާފުދިނުމާ އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ.