މާލެއިން މިއަދު ކޮވިޑް 19 އަށް 26 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވީ މީހުން ޖުމްލަ އަދަދު އުޅެނީ 124 ގަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 124 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 5,048 ސާމްޕަލްގެ ތެރެއިންނެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 26 މީހުންނާއި އަތޮޅުތަކުން 73 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ނުވަ މީހުންގެ އިތުރުން ލިވަބޯޑްސް އިން ތިން މީހަކާއިހަދަމުންދާ ރައްރަށުން 13 މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 74،848 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،865 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 22 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 71،758 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ވަނީ މަރުވެފަ އެވެ.