މި މަހުގެ އަށް ވަނަދުވަހު މާލެ އާއި އަތޮޅުތަކުގައި ބަޔަކު ހިންގި ހަމަނުޖެހުން ތަކުގައި ފުލުހުންގެ މަރުކަޒު ތަކަށް ގެއްލުން ދިނުމަށްފަހު ވަގަށް ގެންދިޔަ ފުލުހުންގެ ބައެއް ޔުނީފޯމާއި ފުލުހުން ބޭނުންކުރާ ބައެއް އާލާތްތައް ބޭނުންކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުންގެ މަރުކަޒުތަކުން ވަގަށް ގެންގޮސްފައިވާ ފުލުހުންގެ ޔުނިފޯމާއި ޕޮލިސް އިކުއިޕްމަންޓާއި ގެންގުޅޭ ކަމަށް މައުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކޮށް އެސާވިސްއަށް ހިއްސާ ކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެފަދަ އެއްޗެއް އެއްވެސް ފަރާތަކުން ބޭނުންކުރޭތޯ ފުލުހުން ބަލަމުންގެންދާނެ ކަމަށާއި އެފަދަ އެއްޗެއް ބޭނުންކޮށްފިނަމަ އެފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުންގެ ބައެއް މަރުކަޒުތަކަށް ގެއްލުންދީ އެތަންތާގައި ހުރި ފުލުހުންގެ ބައެއް ޔުނިފޯމާއި ޕޮލިސް އިކުއިޕްމަންޓް ވަގަށް ގެންގޮސް އެތަކެތި ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރަމުންދާ ކަމަށް ގިނަ ފަރާތްތަކަކުން މައުލޫމާތު ދެމުން އަންނަ ކަމަށް ފުލުހުން ބުނެވެ.

އަދި އެއްވެސް ފަރާތަކުން އެ އެއްޗެހި ބޭނުންކޮށްގެން އެއްވެސް ހަމަނުޖެހުމަށް ފުލުހުންގެ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފަ އެވެ.