އުމުރުން 40 އަދި 50 އަށް ދިޔުމުން ހަންގަނޑު ޑްރައިވެ ހަމުގެ ރޫފައަށް ވަރަށް ބޮޑަށް ބަދަލު އާދެއެވެ. ހަމުގައި ރޫޖެހުން އިތުރުވެ އެކި ކަލަހަ ލައްތައް ޖަހައި އަދި ހަމުގެ ކުލަތަކަށް ވެސް ބަދަލު އާދެއެވެ. މޫނުގެ ހަމުގެ ކުލަ މަރުވެ އަދި "ޕޯރސް" ތައް ފެންނަން ފަށައެވެ. 50 އަހަރާއި ގާތް ވުމުން އަންހެނުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ "ޕްރީމެނަޕޯރސް" އެވެ. އަދި މީގެ ސަބަބުން ހަމުގެ އުޖާލާ ކަމަން ގެއްލިދެއެވެ. މީ ހައްތާވެސް ދިމާވާން ބޭނުން ނުވާ ކަންތައް ކަމުގައި ވިއަސް ދުވަސް ވާ ވަރަކަށް މިކަހަލަ އެކި ބަދަލުތައް ހަމަށް އަދެއެވެ. ހަމަށް މިއަންނަ ބަދަލުތަކަށް އަމިއްލަ އަށް ފަރުވާ ހޯދިދާނެއެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކަކީ:

• ރޫޖެހުން

ހަމަށް ޖެހޭ ރޫތަކަށް ހައްލެއްގެ ގޮތުގައި "ރެޓިނޯލް" (ވިޓަމިން އޭ) ބޭނުން ކުރާށެވެ. ރެޓިނޯލް ގެ ސަބަބުން ހަމުގެ "ސެލްސް" ތައް އިތުރުވެ، ހަން އޮމާން ކޮށްދެއެވެ. އަދި ދިރާސާ ތަކުން ދައްކާ ގޮތުގައި ގުދުރަތީ ގޮތުން ހަންގަނޑު ދުވަސް ވުމުގެ ހައްލަކަށް ރެޓިނޯލް އަކީ ވަރަށް ބޮޑު ފަރުވާއެކެވެ. އެހެން ނަމަވެސް ބައެއް މީހުންގެ ހަމަށް ވިޓަމިން އޭ ނުގުޅިވެސް ދާނެއެވެ.

ހަމުގައި ބޭނުން ކުރާ ޕްރޮޑަކްޓްސް އަކީ "އެންޓިއޮކްސިޑެންޓް" ހިމެނޭ ޕްރޮޑަކްޓްސް އަށް ހަދާށެވެ. އަދި ހަންގަނޑު ހަލާކު ވުމުން އެއަށް އިތުރު ފަރުވާއަކަށް "ވިޓަމިން ސީ" ވެސް ބޭނުން ކުރެވިދާނެއެވެ.

• ލޯކައިރި ކަޅު ވުމާއި ރޫޖެހުން

ލޯ ކައިރީ ބޭނުން ކުރާ ކްރީމް އަކީ "ރެޓިނޮއިޑް" މާއްދާ ހިމެނޭ ކްރީމް އަކަށް ހަދާށެވެ. އެހެނީ މި ކްރީމް ގެ ސަބަބުން ލޯ ކައިރީ ހަންގަނޑު އުޖާލާކޮށްދީ ރޫޖެހުން މަދުކޮށްދެއެވެ.


• ހަންގަނޑު އެލުން

ހަމުގައި ހިމެނޭ "ކޮލަޖެން" މާއްދާ އާއި "އިލާސްޓިން" ދުވަސްވާ ވަރަކަށް ހަމުން ދިޔުމުގެ ސަބަބުން ހަންގަނޑު އެލޭ ގޮތް ދިމާވެއެވެ. މިކަން ބޮޑަށް ފާހަގަ ވާނީ މޫނުންނެވެ. "ޑީއެމްއޭއީ" (Dimethylaminoethanol) ހިމެނޭ ސްކިން ޕްރޮޑަކްޓްސް ހޯދާށެވެ. މީގެ ސަބަބުން ހަންގަނޑު އޮމާން ކޮށްދެއެވެ.

• ހަމުގެ ކުލަ ގެއްލުން

މި ކަމަށް އޮތް ފަރުވާ އަކީ ވެސް "އެންޓިއޮކްސިޑެންޓްސް" އެވެ. ތަރުކާރި އާއި މޭވާ ގައި ހިމެނޭ އެންޓިއޮކްސިޓެންޓްސް އުމުރުން ދުވަސް ވާ ވަރަކަށް ހަމަށް ފައިދާ ކުރަން ވަގުތު ނަގައެވެ. އެހެން ކަމުން އެންޓިއޮކްސިޑެންޓްސް މާއްދާ ހިމެނޭ ކްރީމް/ލޯޝަން ބޭނުން ކުރަންޖެހެއެވެ. މީގެން ހަންގަނޑު އުޖާލާ ކޮށްދޭނެއެވެ.

މީގެ އިތުރުން ހަފްތާއަކު އެކެއް ނުވަތަ ދެ ފަހަރު ސްކްރަބް ކުރަން ވެސް އާދަކުރާށެވެ. އަދި ބޭނުން ކުރާ ޕްރޮޑަކްޓްސް ގައި "އެކްސްފޯލިއޭޓިން" މާއްދާ ހިމެނޭތޯ ބަލާށެވެ. އޭގެ ތެރޭ ގައި ހިމެނެނީ "އަލްފަރ އެންޑް ބީޓާ ހައިޑްރޮކްސީ އެސިޑްސް"، "ލެކްޓިކް އެސިޑް"، "ސަލިސިލިކް އެސިޑް"، އަދި "ޔޫރިއާ" އެވެ.

• ލައްތަށް ޖެހުން

ހަމުގެ ކުލަ އަލި ކޮށްދޭ މާއްދާ ހިމެނޭ "ސްކިން ލައިޓްނިންގް" ޕްރޮޑަކްޓްސް އިހްތިޔާރުކުރާށެވެ. އޭރުން ހަމުގައި ހުންނަ ލައްތައް ފަނޑުވެ ހަމުގެ ކުލަ އަލި ކޮށްދޭނެއެވެ.
• ހަން ޑްރައި ވުން

ހަން ޑްރައި ވުމަކީ ހަމުގެ ވަރަށް ގިނަ މައްސަލަތައް ދިމާވާން ހުޅުވޭ ދޮރެކެވެ. އެހެން ކަމުން މޮއިސްޗަރައިޒިން އަކީ މި އުމުރު ފުރައަށް ވަރަށް ވެސް މުހިއްމު ކަމަކަށް ވާނެއެވެ.
"އެޗްއޭ" (Hyaluronic Acid) ހިމެނޭ މޮއިސްޗަރައިޒަރެއް އިހްތިޔާރު ކުރާށެވެ. އެހެނީ މި މާއްދާ ހިމެނޭ މޮއިސްޗަރައިޒަރ އިން ހަންގަނޑު މަޑު ކޮށްދީ، ހަމުގެ ތެޔޮކަން ގެނެސްދެއެވެ. އަދި މި މާއްދާ އަކީ "ކޮލަޖެން" އުފެދުމަށްވެސް އެހީތެރިވެދޭ މާއްދާއެކެވެ.