ރާއްޖެއިން މިއަދު އިތުރު 139 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 26 މީހުންނާއި އަތޮޅުތަކުން 81 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން އަށް މީހުންގެ އިތުރުން ލިވަބޯޑްސް އިން ދެ މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން 22 މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 74،724 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،932 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 22 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 71،567 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ވަނީ މަރުވެފަ އެވެ.