07 Jul 2021, 19:48
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި އިންޑިއާގެ އެހީގެ ދަށުން ހިންގާ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ.
އެގޮތުން ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރްޖެކްޓާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
"އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރާ މިއަދު ބައްދަލުވި. ދެކުވުނު ވާހަކަތަކުގައި އަލިއަޅުވާލީ އިންޑިއާގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ވާހަކައާއި، ލައިން އޮފް ކްރެޑިޓްގެ ވާހަކައާއި އަދި ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ މައްޗަށް." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އިންޑިއާއިން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓްވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީވެސް އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ކުރިއަށް ދާ ޕްރޮޖެކްޓެކެވެ.