08 Jul 2021, 15:40
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރައްރަށަށް ދަތުރު ކުރުމާ ގުޅިގެން މިހާރު ހޯމް ކަރަންޓީންގައި ތިބި ފަރާތްތަކާށް، ޕިސީއާރް ނެގެޓިވް ނަތީޖާ އަކާއެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، މިހާރު ހޯމް ކަރަންޓީންގައި ތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިން ވެސް ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީން ނިންމާލެވޭނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮވިޑް19 އިމަޖެންސީ ޔޫސް ލިސްޓަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް، 14 ދުވަސް ވެފައި ވާނަމަ، ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީންގައި ތިބި ފަރާތްތަކުން ހަތް ދުވަސް ވުމުން ޓެސްޓްހަފައި، ޕީސީއާރް ނެގެޓިވް ވަނަ، ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.
އުމުރުން 18 އަހަރުން ދަށުގެ، ވެކްސިން ނުޖެހޭ ކުދިންނަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ދަތުރު ކުރެވޭނެ ކަމަށް އިއްޔެ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.
"މިހާރު މާލެ މިއޮތް ހާލަތު. އޭގެ މަނާއަކީ %5 އަށް ވުރެ ދަށުގަ ޕޮޒިޓިވިޓީ ރޭޓް ހުންނަ ނަމަ، އެ ދުވަސްވަރެއްގައި ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކީގައި ރައްރަށަށް ކަރަންޓީން އަކާ ނުލާ، ދެ ޑޯޒް ހަމަކުރައްވާފައިވާ މީހުންނަށް ދެވޭ ގޮތަށް މިހާރު މިވަނީ އުސޫލަށް ބަދަލު ގެނެވިފަ، މަބްރޫކް ވިދާޅުވި އެވެ.
ޕޮޒިޓިވިޓީ ރޭޓް 5-10 ޕަސަންޓާ އާ ދޭތެރޭގައި ހުންނަ ނަމަ ދެޑޯގް ޖަގައި، 14 ދުވަސް ވެފައި ވީ ނަމަވެސް ހަތް ދުވަހުގެ ކަރަންޓީންއެއް ވާން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި ޕޮޒިޓިވިޓީ ރޭޓް 10 ޕަސަންޓަށް ވުރެ މަތި ނަމަ 14 ދުވަސް ކަރަންޓީން ވާން ޖެހޭނެ އެވެ.