19:00


ޕްރޮޑަކްޓަކުން އެންޑޯސްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރޭ ލަވަ އަލްބަމް ރިލީޒްކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


"ތީ އެއްވެސް ބާރެއް އޮތް ބައެއް ނޫން" ނަމުގައި ނެރޭ މި އަލްބަމަކީ ޓްރެފިކް ޖޭމް އިން ނެރޭ އަލްބަމެކެވެ. މި އަލްބަމާ ބެހޭ މައުލޫމާތު ދެމުން އެ ބޭންޑުން ބުނީ ޓީވީއެމް ކޮށީގައި ހުކުރު ދުވަހުގެ ރޭ ބާއްވާ މި ޝޯ އަކީ "ބާން އެނާޖީ ޑްރިންކްސް" އިން އެންޑޯސްކޮށް ކޮކާކޯލާގެ ސްޕޮންސާގެ ދަށުން ނެރޭ އަލްބަމެއް ކަމަށެވެ.


ޓްރެފިކް ޖޭމް ބޭންޑްގެ މެމްބަރެއް ކަމަށްވާ އަބްދުﷲ ޝާޒު މިއަދު ބުނީ 10 ލަވައިގެ މި އަލްބަމަކީ ފާސްކުރަންޖެހޭ ހުރިހާ ތަނަކުން ފާސްކޮށް ނިމިފައިވާ އަލްބަމެއް ކަމަށާއި ނަމަވެސް އަލްބަމް ރަޖިސްޓްރީކޮށްދޭނެ ތަނެއް ނެތުމުގެ ސަބަބުން އަދި އަލްބަމް ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ.


އަލްބަމް ރިލީޒް ކުރުމަށް ބާއްވާ ޝޯގައި ޓްރެފިކް ޖޭމްގެ އިތުރުން އިންޑިއާގެ ބޭންޑަކާއި، މެލޭޝިއާގެ ބޭންޑެއްގެ އިތުރުން ރާއްޖޭގެ އިތުރު ދެ ބޭންޑެއް ވެސް ބައިވެރިވާނެ ކަމަށް ޝާޒު ވިދާޅުވި އެވެ.


އެވެ.