މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީ އިން ދިއްގަރުގައި ކުރިއަށް ގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑު ހިލައިގެ ފުރަތަަމަ ޝިޕްމަންޓު ވަނީ މީގެ ކުރިން އެރަށަށް ގެންގޮސްފައެވެ.

އެމްޓީސީސީ އިން ބުނީ މި އެ ޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

އެ މަޝްރޫއަކީ 121.84 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުންވެސް އެމްޓީސީސީ އިން ދަނީ ގިނަ ރަށްތަކެއްގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.