Last Updated: 1 decade 4 year ago
ބުލޮގު ޚުލާސާ
ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީ އިން މިއަދު ބާއްވާ މުޒާހަރާ ފަށައިފި އެވެ. މުޒާހަރާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަނީ އިބްރާހީމް ރަޝީދު ]ހޯރަ އިއްބެ[ އެވެ.
މުޒާހަރާ ދެވަނަ ދުވަހަކަށް ދިގު ދެމިގެން ދިއުމަށްފަހު މިހާރު ވަހަކަފުޅު ދައްކަވަނީ މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު (މައިޒާން އަލިބެ). އޭނާ ވިދާޅުވަނީ އޭނާއަކީ އެމްޑީޕީގެ މީހުންގެ ބައްޕަ ކަމަށް. މުޒާހަރާ ކުރަން ނުކުމެފައި ވަނީ އޭނަގެ ދަރިން ކަމަށް.
ސާބަހޭ އަޅުގަނޑުގެ ދަރިންނޭ، ތީ އަޅުގަނޑުގެ ދަރިންނަކީ، ތިއީ އަޅުގަނޑު ބޭނުންވާ ގޮތަކަށް، ފަސް ދުވަސް ވިޔަސް މިތާ ތިބެގެން އަޅުގަނޑު މި އިން ތިހާބު ބައްވާނަން
އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން އިއްޔެ މާލޭގެ ލޮނު ޒިޔާރަތްކޮޅުގައި އެތައް ހާސް ބަޔަކާއެކު ފެށި ބޮޑު މުޒާހަރާ ފުރަތަމަ ރޭ އަވަސް އިންތިހާބަހަށް ގޮވާލުމުގެ އަޑުތަކަށް ފަހު މުޒާހަރާގެ ދެވަަނަ ދުވަހެއް ވަނީ ފަށައިފަ އެވެ. މިއަދު ހެނދުނު ހެނދުނާ މުޒާހަރާގެ ބައިވެރިން ވަނީ އަނެއްކާވެސް ޖަމާވެ އެ ސަރަހައްދުގައި ތިބި މީހުންނާ ގުޅިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިސް ލީޑަރުން ހިމެނެ އެވެ.
އިރުއެރުމާއެކު މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވާން ފަަށައިފި. މުޒާހަރާގައި ދެންމެ ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދު އިރުކޮޅެއްގެ ތެރޭގައި ވަޑައިގަންނަވާނެ ކަމަށާއި މުޒާހަރާގެ ބައިވެރިން ކެތްމަދުވެފައި ވަނީ އެމަނިކުފާނު މުޒާހަރާއާ ގުޅޭނެ ވަގުތަކަށް ކަމަށް.
މުޒާހަރާގެ ތެރެއަށް ގެނައި ކުނާތައް އަޅައިގެން ބައެއް މީހުން މިހާރު އޮށޯވެއްޖެ. ބައެއް މީހުން ތިބީ ސްޓޭޖް ފުރަގަހުގައި. އަނެއް ބަޔަކު ޕާކުތެރޭގައި. ބައެއް މީހުން މިހާރު ވެސް ނިދާފައި އެބަތިބި.
މުޒާހަރާގެ ބައިވެރިން ނިދުމަށް 1،000 ކުނާ ގެންނަ ކަމަށް މުޒާހަރާގައި އިއުލާންކޮށްފި.
ޗާންސެލާ ޑރ. މުސްތޮފާ ލުތުފީ: ބަޑި ޖައްސާފައި އިސްތިއުފާ ދެން މަޖުބޫރު ކުރީ، އެ ބަޑި ޖެއްސީ އަޅުގަނޑުމެންގެ ގައގައި. އަޅުގަނޑުމެން ދޫކޮށްލައިފިޔާ މާދަމާވެސް ބަޑި ޖައްސާނެ. އެއް ގޮތަކަށް ވެސް ދޫކޮށްލައިގެން ނުވާނެ. ދަރިންގެ ދަރިންނަށްތަކައި ގައުމަށްޓަކައި ވަތަނަށްތަކައި މިކަން ކުރަން ޖެހޭނެ. މިކަން ކޮށްފައި ވަނީ ވަރަށް ބޮޑަށް ރޭވިގެން ހެކިތަކުން ފާހަގަ ކުރެވެނީ ދެގޮތަކަށް.
އަޅުގަނޑަށް ފެންނަ މަންޒަރުތަކުން ފާހަގަކުރެވެނީ މިކަން ރޭވީ ދެ ގޮތަކަށް. އެއް ގޮތަކީ ރައީސް ނަޝީދަށް އިސްތިއުފާދޭން މަޖުބޫރުކުރީމަ އިސްތިއުފާނުދެއްވީމަ ހަދާނީ ޑިފެންސްގެ ދޮރު ހުޅުވާލާފައި ފުލުސް އޮފީހުގެ މަތިން އެއްޗެހި ވައްޓާލާފައި ރައްޔިތުންނަށް އެ ތަންތަން ދޫކޮށްލާނީ ރައީސަށް ނުރައްކާކުރަން. އެހެން ހެދި ނަމަ ދިވެހިރާއްޖޭގައި ބޮޑު ލޭއޮހޮޮރުވުމަކަށް ހިނގައިދާނެ. ދެން ހަދާނެ ގޮތަކީ މިލިޓަރީ ވެރިކަމެއް ގެންނާނީ. އެ ގޮތަށް މި ގައުމު ބާއްވާނީ އެތައް ދުވަހެއް ވަންދެން. ނަސީބަކުން ރައީސްގެ ވިސްނުންފުޅު ތޫނުކަމުން އެ އަނދަވަޅުން ރާއްޖެ ސަލާމަތްކުރެއްވީ.
ދިއްދޫ އާދަމް ނަސީރު: ދޯނިފަހަރު އައިސް މިތިބީ އިންތިހާބު ބާއްވާނެ ތާރީހު ބަލާ، އަޅުގަނޑުމެން ގޮވާލަނީ އަވަސް ތާރީހެއް ދިނުމަށް. އަޅުގަނޑުމެން ނެތިން މަގުމަތިން ސަރުކާރު ވައްޓާލާކަށް. އިންތިހާބު ބާއްވާނެ ތާރީހެއް ނުދެނީސް ފުރައިގެން ނުދާނެ. މި ބައިބޯ ލަސްކަރު މިތަނުން ގުޑާލާނީ އިންތިހާބު ބާއްވާނެ ތާރީހެއް ދިނުމުން،..
އިންތިހާބު ބާއްވާނެ ތާރީހެއް ނުދެނީސް ފުރައިގެން ނުދާނެ. މި ބައިބޯ ލަސްކަރު މިތަނުން ގުޑާލާނީ އިންތިހާބު ބާއްވާނެ ތާރީހެއް ދިނުމުން،
ވިލާ އިންޓަނެޝަނަލް ހައި ސްކޫލްގެ ކެޕްޓަން މީކާއީލް އެ ސްކޫލްގެ ޗެއާމަން ގާސިމް އިބުރާހިމަށް ފާޑު ކިޔާ ވާހަކަ ދައްކަވަނީ.
ޤާސިމް ވިދާޅުވެފައިވަނީ ކަލޭމެން މުއްސަނދިނުވީ ކަލޭމެން ކަންނެތް ކަމުން ކަމަށް. ދަންނަވަންތޯ ޤާސިމް އިބްރާހިމަކީ ކަންނެތް މީހެއް. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ހުރިހާ ދަރިވަރުން ބަޣާވާތާ ދެކޮޅޭ،
އަލީ ވަހީދު: އެމްޑީޕީ ރުޅައެއް ނުލެވޭނެ. އެމްޑީޕީން ސެއްޅިއެއް ވެސް ނުގެންދެވޭނެ. ރައީސް ނަޝީދު ބޭނުންފުޅުވި ނަމަ ބަޣާތްވާތް ކުރި ދުވަހު ބަޑި ވެސް ޖެހޭނެ. އެކަމަކު ވެރިކަމުގެ ޖާހު ދޫކޮށްލެއްވީ. އެއީ ލީޑަރުންނަކީ
ހަސަން ސައީދާއި ޖަމީލަށް ދަންނަވަން ބޭނުންވަނީ މުޅި އުމުރު ތި ހޭދަކުރައްވަނީ އެޕޮއިންޓެޑް މަގާމްތަކުގައޭ. އިލެކްޓެޑް މަގާމަކަށް ވަޑައެއްނުގެންނެވެއޭ
މިހާރު މިފެންނަނީ ބޮޑު މަންޒަރު، ބޭނުންވަނީ އިންތިހާބަކުން ގާއިމްކުރާ ވެރިކަމެެއް. 2013 ގެ ކުރިން އިންތިހާބެއް ބާއްވަން. ޕީޖީ ޣާފިލުވެ ކަންމަތީ ނުހުންނަވާ. އަޅުގަނޑުމެންގެ ގައިން އޮހޮރުނު ލޭގެ ބަދަލު ދޭށޭ!
އަޅުގަނޑުމެން މި ތިބީ އެއްވެސް ގޮތަކަށް ބާޣީ ސަރުކާރު ވައްޓާކަށެއް ނޫނޭ. އަޅުގަނޑުމެން މި އުޅެނީ އިންސާފު ހޯދަން
މުޒާހަރާގައި މިހާރު ވާހަކަ ދައްކަވަނީ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ކޮއްކޮ، ނޫރުބާން
މަޑަވެލީ ދާއިރާގެ މެންބަރު، އަހުމަދު ނާޒިމް: އަޅުގަނޑުމެން އެދޭގޮތް ނުހަދައިފިނަމަ އަޅުގަނޑުމެން މިތާ ތިބޭނަން. އަޅުގަނޑުމެން އެދެެނީ ބަގާވާތް ގެނައި ވިޔަފާރިވެރިންނަށް ރައްޔިތުން ތިބި ގޮތް މި މައިދާނުން ސާފުވާނެ ކަމަށް. އަޅުގަނޑުމެން އަބަދުވެސް މުޒާހަރާ ކުރާނަން. ތިނަދޫގައި ވަރަށް ގިނަ މީހުން މުޒާހަރާ ކުރަމުން އެބަދޭ. ޕީޕީއެމްގެ ލިސްޓަކަށް އެއިން އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ. އަޅުގަނޑާއި ގަސަމާ މިތިބީ އެއެންމެންގެ ފަހަތުގައި. މި ޕާޓީ ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުގެމެންގެ 34 ޕާލަމެންޓް މެންބަރުން ނުކުމެ ޖައްސާނަން.
މަޑަވެލީ ދާއިރާގެ މެންބަރު، އަހުމަދު ނާޒިމް: އަޅުގަނޑު ދަންނަވާލަނީ ރާއްޖޭގައި ތިބި ލޮލަށް ނުފެންނަ ސިޔާސީ މީހުންނަށް ދިވެހި ރައްޔިތުން ތިބި ގޮތް. އަޅުގަނޑުމެންނަކީ ސުލްހަވެރި ބައެއް. އަޅުގަނޑުމެން މާދަމާވެސް އަނެއް ދުވަހުވެސް މިކަން ކުރިޔަށް ގެންދާނަން. އަޅުގަނޑުމެންގެ ޑިމާންޑަކީ، އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ވެރިކަން ގެނެސް ދުވަހެއް. ސީދާ އިންތިހޔާބު ބާއްވާނެ ތާރީހެއް ބުނަން. އެހެންނޫނީ ޖެހޭނީ މުޅި ރާއްޖެ މަދަނީ ބަސްނޭހުމެއްގެ ތެރެއަށް ގެންދަން.
މަޣުރިބު ނަމާދާއި އިޝާ ނަމާދަށް މެދު ކަނޑައިލި އެމްޑީޕީގެ ބޮޑު މުޒާހަރާއަށް އަނެއްކާވެސް މީހުން ވަނީ ޖަމާވެފައި. މިހާރު ގެނެސް ދެމުންދަނީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލު ކޮށްލުމާ ބެހޭ ރިޕޯޓެއް.
ތިމަރަފުށީ މުސްތޮފާ: މުޒާހަރާ ކުރަން ނުކުތީ އެމްޑީޕީގެ ތާއީދު ދައްކާލުމަށް މުޒާހަރާގައި 25000 މީހުން ހިމެނޭނެ. މިތާނގައި ނިދާނީ ވެސް މިތާގައި ކައިބޯ ހަދާނީ ވެސް. އަޅުގަނޑުމެން އެނދެނީ މިނިވަން އިންތިހާބެއް ބޭއްވުމަށް އެއްބަސްވުމަށް. އެހެން ނޫނީ މިކަން ހުއްޓައެއް ނުލާނަން. ޔަގީން އެމީހުން އެއްބަސްވާނެ، އެމީހުން މުއްދަތެއް މިހާރު ވެސް ކިޔާ. އެކަމަކު އަޅުގަނޑުމެން ބޭނުން ވަނީ ޖުލައި ، ސެޕްޓެމްބަރުގައި އިންތިހާބު ބޭއްވުން. އަޅުގަނޑުމެން ހަތަރު ޝަރުތެއް ހުށަހަޅަން އެއްކަމަކީ ސަރުކާރު ބަދަލުވުމަށްފަހު ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ޝަރުތަކާ ނުލައި ދޫކޮށްލުން. އެހެން ޝަރުތުރުތައް ފަހުން އިއުލާން ކުރާނެ. މި ބަޣާވާތުގައި ހިމެނޭ މީހުންގެ މައްޗަށް އަޅުގަނޑުމެން ޝަރީއަތް ކުރާނަން.
ހޯމް މިނިސްޓަރު، ޑރ. ޖަމީލް: ރާއްޖޭގައި އަމަންއަމާންކަން ގާއިމްކުރުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ރާއްޖޭގެ ރައްޔިތުންނަށާއި ސިޔާސީ ފަރާތްތަކަށް އަޅުގަނޑު އިލްތިމާސް ކުރަން. ރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް ސަރުކާރުން އޮތީ ވަރަށް ސާބިތުކަމާއެކު. އެކަމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނާއި ސިޔާސީ ފަރާތްތަކަށް އަޅުގަނު ގޮވާލަން
ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަމަންއާންމުކަމާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމުގައި ސަރުކާރު ވަރަށް ސާބިތުކަމާއި އެކީ ދެމިއޮތްކަން. އަމަންއަމާންކަން ގާއިމްކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނާއި ސިޔާސީ ފަރާތްތަކަށް ގޮވާލަން
އަލްހާން ފަހުމީ: އަޅުގަނޑުމެން މި ނިންމާލަނީ މަޣުރިބު ނަމާދަށް. ނަމާދަށް ހަމައެކަނި މި މެދުކަނޑާލަނީ ވާހަކަ ދެއްކުން. އަޅުގަނޑުމެންގެ މުޒާހަރާ ކުރިޔަށްދާނެ. މިތާނގައިވެސް ނަމާދު ކުރެވޭނެ. މިއީ މާތް ރަސްކަލާނގެ ބިން، އަޅުގަނޑުމެން ނުކުމެ މިތިބީ ބާޣީ ސަރުކާރާ ދެކޮޅަށް އަޅުގަނޑުމެން އެނބުރި ދާނީ މިކަން ކޮޅެއްގައި ޖައްސާ ނިންމާފައި.
އިބުރާހިމް އިސްމާއިލް (އިބުރާ): ވެރިކަމާއިގެން އުޅެންވާނީ ރައްޔިތުންގެ ވޯޓް އަތުލެވޭވަރުގެ މީހުން. ޣައިރު ގާނޫނީ އަމުރޭ ކިޔާއިރު ކުރީގެ ސަރުކާރުން ކުރި ޣައިރު ގާނޫނީ އަމުރެއް ބުނެއް ނުދެވެެއޭ.
މިތަނުން މިއަދު ގޮތެއް ނިންމަންޖެހޭނެ. އަޅުގަނޑުމެން ދެން ދާންވީ ނަމާދަށް. ނަމާދަށް ފަހު އަންނަންވީ.
އިބުރާހިމް އިސްމާއިލް (އިބުރާ): މަގުރިބު ނަމާދު ވަގުތު ޖެހުމުން ނަމާދަށް މިސްތިކަށް ދިއުމަށްފަހު އެންމެން އެނބުރި އައުމަށް އިއުލާން ކޮށްފި.
ސަރަނގު އާދަމް މަނިކު، މުޒާހަރާގައި: 23 ޑިސެމްބަރު މުޒާހަރާ ކުރި މީހުން ހީކުރީ ވަރަށް ގިނަ ބައެކޭ. އެ މުޒާހަރާގައި ބައިވއރިވި މީހުން މިހާރު މިތިބީ އަޅުގަނޑާއެކު މިތާގައި. ކިތަންމެ ހުރަސް އެޅިއަސް ރައްޔިތުން ބޭނުން ވަނީ މިނިވަންކަން. އެކަމަކަށް ޑރ. ވަހީދަކަށް ހުރަހެއް ނޭޅޭނެ. އަޅުގަނޑު މިދަންނަވަނީ ވަަހީދު ވެސް މިމަންޒަރު ބައްލަވާށޭ. މިކަމެއް ނުހުއްޓުވޭނެ. އަޅުގަނޑުމެންގެ އުންމީދުތަކަށް ފުރުސަތު ނުދޭނަމަ މިހެން މަޑުމަޑަކުން ނުތިބޭނެ.
މިތާނގައި މިތިބީ އަންނަނަން ބޭނުންވި ކޮންމެ 100 މީހުންގެ ތެރެއިން އެކަކު. އަނެއް ބައި މީހުން ވަނީ ބިރު ދައްކާ ހުރަސްތައް ކުރިމަތި ކުރުވުމުގެ ސަބަބުން ނާދެވިފައި
މުޒާހަރާއަށް ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މުޒާހަރާ މައިދާނުގައި އިށީނދެ ވަޑައިގެން އެބައިންނެވި.
ގެއަށް ނުދާތީ ފޭރިގަތް ވެރިކަން އަނބުރާ ރުޖޫއަ ނުކުރާހާ ހިނދަކު. އަޅުގަނޑުމެން ގެއަށް ދާންވާނީ އަޅުގަނޑުމެން އަތު ފެރުގަތް ވެރިކަމާއެކު
ތިމަރަފުށީ މުސްތޮފާ: ރާއްޖޭގެ މީޑިއާއިން މި ހަރަކާތް ލައިވް ކޮށްދޭން ޖެހޭނެ. މިއޮތީ ރައްޔިތުން އެއްވެފައި. އަޅުގަނޑުމެން ދާނީ ފޭރިގަތް ވެރިކަން އަނބުރާ ދިނުމުން. އަޅުގަނޑު ނުގޮވާލާނަން އިންތިހާބަކަށް. އަޅުގަނޑު ގޮވާލަނީ ފޭރިގަތް ވެރިކަން އަނބުރާ ދިނުމަށް
މުޒާހަރާގެ މަންޒަރު ވަގުތުން އެމްބީސީގެ ޓީވީއެމް އިން ގެނެސް ދިނުމަށް ގޮވާލަން. ވަގުތުން މިމަންޒަރުތައް ދައްކަން ފަށާ.
އަހުމަދު އަބްދުﷲ، މުޒާހަރާގައި: އަޅުގަނޑުމެން މިދަނީ ދިގު ދެމިގެންދާ މުޒާހަރާއަކަށް. އަޅުގަނޑުމެން ބޭނުން ވަނީ އިންތިހާބު ބާއްވާނެ އަވަސް ތާރީހެއް. ސުލްހަވެރި ސިޔާސީ ހަރަކާތް ހިނގާނީ މިހެން، އަޅުގަނޑުމެން މި ދައްކަދެނީ އަދިވެސް އެގޮތްތައް. ހުރިހާ އެންމެން ވެސް ހަރުއަޑު އިންތިހާބު ބާއްވާން ގޮވާލާ. ރައްޔިތުންގެ ބުނަން ފުރުސަތު ދީ
މިހާރު ވާހަކަ ދައްކަވަނީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ
ނަމާދު ވަގުތު ޖެހުމުން ހުރިހާ ބޭފުޅުން ވެސް މިސްކިތަށް ވަޑައިގަތުމަށްފަހު އަލުން މުޒާހަރާއާ ގުޅިވަޑައިގަތުމަށް އެދެން. ދަރުބާރުގޭގެ މާލަތަން ހިފާފައިވަނީ މުޒާހަރާގެ ބޭނުންތަކަށް
އެމްޑީޕީގެ މުޒާހަރާ ކުރިޔަށްދާއިރު ޕާޓީގެ ބޭނުންތަކަށް ދަރުބާރުގޭގެ ހުރިހާ މާލަމައް ހިފާފައިވާ ކަމަށް ވަނީ މުޒާހަރާގައި އިއުލާން ކޮށްފައި. ނަމާދު ވަގުތުތަގައި އެ މާލަންތައް ބޭނުން ކުރެވޭނެ ކަމަކަށް ނުބުނޭ.
މިހާރު ވާހަކަ ދައްކަވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު. އޭނާ ވިދާޅުވީ އަވަސް ރިޔާސީ އިންތިހާބެއް ބާވަން ޖެހޭ ކަމަށް.