06 Jul 2021, 22:18
ރާއްޖެއިން މިއަދު އިތުރު 105 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 23 މީހުންނާއި އަތޮޅުތަކުން 74 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުންގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ރަށަކުން އެކެކެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 74،585 އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 3،148 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 25 މީހުންނަށެވެ.
މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 71،212 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ވަނީ މަރުވެފަ އެވެ.