ވަރުގަދަ ކާސްޓުންތަކެއް ހިމަނައިގެން ގެނެސްދޭ ފިލްމު "ބޫތު ޕޮލިސް"ގެ ފަސްޓްލުކް ދައްކާލައިފިއެވެ.

ސައިފް އަލީ ޚާން، އަރުޖުން ކަޕޫރު އަދި ޖެކަލީން ފާނަންޑޭޒް ވެސް ފެނިގެންދާ ހޮރޯ ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށް ގެނެސްދޭ މި ފިލްމަކީ "ރާގިނީ އެމްއެމްއެސް"ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ އެވެ. ފިލްމުގައި ސައިފް އާ އަރުޖުންގެ ކެރެކްޓާ ދައްކާލާފައިވާއިރު ފިލްމުގައި ސައިފް ކުޅޭނީ ވައިބޫތީ ކިޔާ މީހެއްގެ ރޯލެވެ. އަދި އަރުޖުން ފެނިގެންދާނީ ޗިރައުންޖީ ކިޔާ ކެރެކްޓާއެކެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޭރު މި ފިލްމި ތިއޭޓާތަކުގައި އަޅުވަން ނިންމި ނަމަވެސް މިހާރު މި ފިލްމު އަޅުވަން ނިންމާފައިވަނީ ޑިޖިޓަލް ޕްލެޓްފޯމް ޑިޒްނީ ޕްލަސް ހޮޓްސްޓާގައެވެ.

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ އަރުޖުން އާ ސައިފް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި ޔަމީ އާ ޖެކަލީން ވެސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ހާއްސަކަމަކީ މި ފިލްމުން ފެނިގެންދާ އެއްވެސް ތަރިއަކު މީގެ ކުރިން ބިރުވެރި ފިލްމެއް ކުޅެފައިނުވުމެވެ. ބޫތު ޕޮލިސް އަކީ ބިރުވެރި މަޖާ ފިލްމެކެވެ.