04 Jul 2021, 22:07
ރާއްޖެއިން މިއަދު އިތުރު 127 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 26 މީހުންނާއި އަތޮޅުތަކުން 79 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަ މީހުންނާއި ތަރައްގީކުރަމުންދާ ރަށްރަށުން ތިން މީހުންގެ އިތުރުން ސިނާއީ ރަށްރަށުން 13 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 74،351އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 3،237 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 21 މީހުންނަށެވެ.
މިއަދު ބަލިން ރަނގަޅުވީ 166 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 70،889 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ވަނީ މަރުވެފަ އެވެ.