03 Jul 2021, 21:09
ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާ ގުޅިގެން މޮނިޓަރިންނަށް ލާފައި އޮތް ބ. އޭދަފުށީގެ މޮނިޓަރިން ހާލަތު އުވާލާ ރަށް ހުޅުވާލައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ އެންމެ ފަހުން ނެގި ރެމްޑަމް ސާމްޕަލްތަކުގެ ތެރެއިން އެކަކު ޕޮޒިޓިވް ވުމާ ގުޅިގެން 14 ދުވަސް ބެލުމަށްފަހު އިތުރު ކޭސް އެއް ނުފެންނަ ކަމަށެވެ.
އެހެންކަމުން ކައުންސިލުން ޓާސްކްފޯސް މެދުވެރިކޮށް އެޗްޕީއޭއަށް ލިޔެގެން މޮނިޓަރިންގެ ހާލަތުން އެ ރަށް ނެގީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭދަފުށިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 315 އެވެ. އޭގެ ތެރެއިން 311 މީހުން މިހާރު ވަނީ ބަލިން ފަސޭހަ ވެފަ އެވެ.
މިހާރު އޭދަފުށީގައި އެކްޓިވް ކޭސްގެ އަދަދަކީ ދެ މީހުންނެވެ. ކޮވިޑް ބަލީގައި އޭދަފުށިން ދެ މީހަކު މަރުވިއެވެ.