ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު ވަހީދު ހަސަން މަނިކުގެ ކެބިނެޓް ސެކްރެޓަރީ އަކަށް އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރު ރައީސް މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކުވެސް ސަން އަށް ވަނީ މިއަދު އެކަން ޔަގީންކޮށްދެއްވާފަ އެވެ.

ޑރ.ނަޒީރަކީ ރައީސް ވަހީދު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، ގައުމީ އިއްތިހާދު ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވި އިރު ކެބިނެޓް ސެކްރެޓަރީގެ ޒިންމާ އަދާކުރަައްވަމުން ގެންދެވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ ހިސާން ހުސައިން އެވެ.