01 Jul 2021, 22:53
މާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްވެއްޖެއެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިނގާފައިވަނީ ދެ މީހެއްގެ ދެމެދުގައި މާލޭގެ އަސަރީ ގޯޅީގައި ކަމަށެވެ.
މާރާމާރީގައި ބިދޭސީ މީހަކަށް އަނިޔާވެގެން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސީރިއަސްއެއް ނޫނެވެ. އަދި މައްސަލައާއި ގުޅިގެން އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.