އެމްޑަބްލިޔުއެސްސީއިން އއ. މަތިވެރީ ފެނުގެ ނިޒާމް ގާއިމްކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 6.86 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އއ. މަތިވެރީ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީއިން ވަނީ ފަށާފައި

މަތިވެރީ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުއަކީ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ޖުމުލަ 38.78 މިލިއަން ރުފިޔާ ހަރަދުވާ އެ މަޝްރޫއުގެ މުއްދަތަކީ 450 ދުވަހެވެ.