30 Jun 2021, 22:04
ރާއްޖެއިން މިއަދު އިތުރު 138 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 13 މީހުންނާއި އަތޮޅުތަކުން 105 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުންނާއި ސިނާއީ ރަށްރަށުން 13 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 73،398އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 3،602 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 28 މީހުންނަށެވެ.
މިއަދު ބަލިން ރަނގަޅުވީ 351 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 69،974 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 210 މީހުން ވަނީ މަރުވެފަ އެވެ.