30 Jun 2021, 21:30
ކާމިޔާބު 11 އެޕިސޯޑަށްފަހު 'ލަމްސް ކިޗަން'ގެ ފުރަތަމަ ސީޒަން ނިމުމަކާ ހިސާބަށް އަތުވެއްޖެ އެވެ.
ލަމްސް ކިޗަންއަކީ ކައްކާ ޝޯއެއްގެ ޑްރާމާއާއި ޓޯކް ޝޯއެއްގެ މަޖާބައި އެކުލެވިގެންވާ ޝޯއެކެވެ.
ލަމްހާ ލަތީފް ހޯސްޓުކުރާ މި ޝޯގައި ފިލްމީ ތަރިން ބައިވެރިވެ، އެންމެ ރަހަމީރު ޑިޝް ކެއްކެނީ ކާކަތަށްތޯ ބަލަން ވާދަކުރެ އެވެ.
މި ޝޯވގެ ފުރަތަމަ ސީޒަންގެ އެންމެ ފަހު އަދި 12ވަނަ އެޕިސޯޑު މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަނުންނާއި އެމްއެސްޓީވީއިން މި ފެށޭ ޖުލައި މަހުގެ ފުރަތަމަ ދުވަހު ބަލައިލެވޭނެ އެވެ.
ފަހު އެޕިސޯޑުގައި ވާދަކުރާނީ މަޝްހޫރު ފިލްމީ ތަރި ރިޝްފާއާއި އަޒޭ އެވެ. ފަހު އެޕިސޯޑުގެ ޓްރެއިލާ މިލިންކުންބަލައިލެވޭނެ އެވެ.
މީޑިއާނެޓް މަލްޓިސްކްރީން މެދުވެރިކޮށް ލައިވް ޓީވީ ޗެނަލްތަކާއި ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ފިލްމު އަދި ސީރީޒްތައް ފޯނު، ޓެބްލެޓް ނުވަތަ ޕީސީއިން ކަސްޓަމަރުންނަށް ބެލޭނެ އެވެ. އޭގެ ތެރޭގައި ބޭރުގެ ވީއޯޑީ ފިލްމުތަކާއި މަލްޓިސްކްރީންއަށް ހާއްސަ މީޑިއާނެޓްގެ އޮރިޖިނަލް އުފެއްދުންތައްވެސް ހިމެނެ އެވެ.
މަލްޓިސްކްރީން އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯރުންނާއި އެޕަލް އެޕްސްޓޯއިން ޑައުންލޯޑު ކުރެވޭނެ އެވެ.
މީޑިއާނެޓްގެ ފްރަންޓް އޮފީހަށް ޒިޔާރަތްކޮށްގެން ނުވަތަ މީޑިއާނެޓްގެވެބްސައިޓުންމަލްޓިސްކްރީން ހިދުމަތަށް އެދި ހުށަހެޅޭނެ އެވެ.
އެމްއެސްޓީވީއަކީ ޑީކޯޑަރަކާ ނުލައި ޔޫއެޗްޑީ އެންޑްރޮއިޑް ޓީވީ ބޭނުންކުރާ ކަސްޓަމަރުންނަށް މީޑިއާނެޓްގެ ހުރިހާ ޗެނަލްތަކާއި ވީއޯޑީ ފިލްމުތަކާއި ސީރީޒްތައް އެންޑްރޮއިޑް ޓީވީ އެޕްލިކޭޝަނަކުން ބަލައިލެވޭ ހިދުމަތެކެވެ.
ކޭބަލް ހިދުމަތުން އެމްއެސްޓީވީ ހިދުމަތަށް ބަދަލުކުރާއިރު އިތުރު އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ އެވެ. މި ހިދުމަތަށް އެދުމުން މީޑިއާނެޓުގެ ޓެކްނީޝަނެއް ކަސްޓަމަރުގެ ގެއަށް ގޮސް، ކަސްޓަމަރުގެ ޓީވީ މީޑިއާނެޓުގެ ފައިބާ ނެޓްވޯކަށް ގުޅައިދޭނެ އެވެ.