އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ގަންގޫބާއި ކަތިއަވާޅީ"ގެ ޝޫޓިން ބަތަލާ ނިންމާލައިފި އެވެ.

ފިލްމުގެ ޓީޒާކޮޅެއް ވެސް މިހާރު އާންމުކޮށްފައިވާ މި ފިލްމަކީ އާލިއާގެ ވަރުގަދަ ކެރެކްޓާއެއް ފެނިގެންދާނެ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ނިންމާުލުމަށްފަހު އާލިއާ ބުނީ ފިލްމެއްގެ ޝޫޓިން ނިމުމަކީ މީހާގެ އެއްބައި ދިޔަ ފަދަ ކަމެއް ކަމަށެވެ.

ގަންގޫބާއިގެ ޝޫޓިން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ސަންޖޭ ލީލާ ބަންސާލީއެވެ. މި ފިލްމުގެ ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ.