ރާއްޖެއިން މިއަދު އިތުރު 155 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 28 މީހުންނާއި އަތޮޅުތަކުން 70 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 31 މީހުން އަދި ތަރައްގީ ކުރަމުންދާ ރަށްރަށުން 26 މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 73,482 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލިޖެހިފައި ތިބި 3،883 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 27 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވީ 347 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 69,378 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހުން ވަނީ މަރުވެފަ އެވެ.