މި ދިޔަ ބުދަ ދުވަހު އެމްޑީޕީ އިން ކުރި މުޒާހަރާ އަށް ފަހު، އަދި އެއާ ވިދިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅު ރޯކުރުމާ ގުޅިގެން 19 ޕޮލިސް ސްޓޭޝަނެއްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އަތޮޅުތަކުގައި ހިންގާ ފުލުހުންގެ 51 މަރުކަޒުގެ ތެރެއިން، ހއ. ދިއްދޫ، މިލަންދޫ، ވެލިދޫ، ދުވާފަރު، އަލިފުށި، ތުޅާދޫ، ހިންނަވަރު، މާފުށި، ރަސްދޫ، ހިމަންދޫ، ތިމަރަފުށި، ވިލުފުށި، އިސްދޫކަލައިދޫ، ކޮލަމާފުށި، ގދ. ތިނަދޫ، ފަރެސްމާތޮޑާ، ރަތަފަންދޫ، އަދި ސ. ހިތަދޫ ޕޮލިސް ސްޓޭޝަންގެ ހިދުމަތްމެދުކެނޑިފައިވާ ކަމަށެވެ.