28 Jun 2021, 17:48
ފުވައްމުލަކު ސިޓީގެ ދެ ސްކޫލެއްގައި އިތުރު އިމާރާތް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ސޮއި ކުުރުމުގެ ރަސްމިއްޔާތުގައި އިމާރާތް އެޅުމަށް ހަވާލު ކުރީ, އިނޯކާ ޕްރައިވެޓް ލިމިޓެޑްއާ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝަމީމެވެ.
އެގޮތުން ޕީއެސްއައިޕީ ގެ ދަށުން، ފުވައްމުލައް ސިޓީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތުގެ އަގަކީ, 8,207,876.86 މިލިއަން ރުފިޔާ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މިއީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއުއެކެވެ. އެހެންކަމުން އަންނަ އަހަރުގެ މެއި މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށް އުންމީދުކުރާ ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ފުވައްމުލަކު ސިޓީ މަދަރުސަތުލް ޝައިހް މުހައްމަދު ޖަމާލުއްދީން ސްކޫލްގެ 16 ކްލާސްރޫމާއި ކޮމްޕިއުޓާ ލެބްގެ އިމާރާތުގެ މަސައްކަތަކީ 12,012,943.03މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް އަންނަ އަހަރުގެ ޖޫން މަހު މުޅިން ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރެއެވެ.