27 Jun 2021, 18:05
ހަލުވި ސްޕީޑްތަކާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އއ. ހިމަންދުއަށް މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ ހަލުވި ސްޕީޑްތަކާއެކު 100 އެމްބީޕީއެސްއާ ހަމައަށް ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ހިމަންދޫއިން ނަގާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360ގެ ލައިސެންސްވެސް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލައިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އިންޓަނެޓް ބޭނުންކުރަން ޖެހޭވަރު އިތުރުވެ އިންޓަނެޓްގެ މުހިންމުކަން އިތުރުވެފައިވާ މިދަނޑިވަޅުގައި ވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފޯރުކޮށްދެވޭތޯ އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ޕެންޑެމިކްއާއެކު އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް މިއަހަރުތެރޭގައި އައު ހަތް ރަށަކަށް ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދެވިފައިވާކަމީ އަޅުގަނޑުމެން އުފާކުރާކަމެއް. ހަމަ އެހެންންމެ މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ހިދުމަތް އއ. ހިމަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނިޔާޒު ވިދާޅުވި އެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން ދާދި ފަހުން އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްވެސް ވަނީ ކޮށްފަ އެވެ.
އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބިގެންދެ އެވެ.
މި ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެވެބްސައިޓުންބަލައިލެވޭނެ އެވެ.