15 Feb 2012, 18:38
އަންނަ ހުކުރު ދުވަހުގެ އެމްޑީޕީ އިން ބާއްވާ ބޮޑު އެއްވުގައި އެއްވެސް ހަމަ ނުޖެހުމަކަށް ފުރުސަތު ނުދޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
"އިންސާފްގެ ދަތުރު ނަމުގައި" އެމްޑީޕީން އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމާ ބެހޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މުހައްމަދު އިމްތިޔާޒް (އިންތި) ވިދާޅުވީ އެއްވުން ސުލްހަވެރިކަމާ އެކު ޝުއޫރު ފާޅުކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ގިނަ އަދަދެއްގެ މީހުން ބައިވެރިވާ މި އެއްވުން އަޅުގަނޑުމެން ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އެ ރެއާ ހަމައަށް ކުރިއަށް ދާނެ. މި އެއްވުން އަޅުގަނޑުމެން ކުރިއަށް ގެންދާނީ ވަރަށް ސުލްހަވެރިކަމާ އެކު. އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން މި އެއްވުމުގައި ހަމަ ނުޖެހުމަކަށް ދާކަށް." އިންތި ވިދާޅުވި އެވެ.
އަންނަ ހުކުރު ދުވަހުގެ އެމްޑީޕީން ބާއްވާ އެއްވުން ސުލްހަވެރިކަމާ އެކު ގެންދިއުމަށް ގޮވާލާ ޔޫރިޕިއަން ޔޫނިއަން އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.