26 Jun 2021, 22:05
ރާއްޖެއިން މިއަދު އިތުރު 150 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 30 މީހުންނާއި އަތޮޅުތަކުން 101 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 17 މީހުންނާއި ސަފާރީތަކުން ދެމީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 73،094 އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 4،067 މީހުންގެ ތެރެއިން 30 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
މިއަދު ބަލިން ރަނގަޅުވީ 377 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 68،806 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހުން ވަނީ މަރުވެފަ އެވެ.