ކޮވިޑް-19 ޖެހިގެން ހއ. ދިއްދޫއިން މީހަކު ނިޔާވެއްޖެ އެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޝްރަފް އުސްމާން 'ސަން' އަށް ވިދާޅުވި ގޮތުގައި މިއަދު ނިޔާވީއުމުރުން 50 އަހަރުގެ ބިދޭސީއެކެވެ.

"އެއީ ފިރިހެނެއް، މިއަދު ނިޔާވީ، ގާތްގަނޑަކަށް މެންދުރު 12 ޖަހާކަން ހާއިރު ނިޔާވީ" އަޝްރަފް ވިދާޅުވި އެވެ.

އަޝްރަފް އިތުރަށް ވިދާޅުވި ގޮތުގައި މިވަގުތު ދިއްދޫގައި ޕޮޒިޓިވް ކޭސްގެ ގޮތުގައި ހުރީ އެންމެ މީހެކެވެ.

"އެމީހާގެ ކޮންޓެކްޓްއެއް މިއަދު އެ ނިޔާވީ،" އަޝްރަފް ވިދާޅުވި އެވެ.

މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 209 ވަނަ މީހާ އެވެ.